ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ކެފޭތަކަށް ޚާއްސަ ކޮށްގެން އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 3 ބިދޭސީއަކު އެ އޮތޯރިޓީގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮޕަރޭޝަންގެ ތެރެއިން އެ ކެފޭތަކުގައި މަސައްކަތް ކުރަމުންދިޔަ 22 ބިދޭސީއަކާ ސުވާލުކޮށް، އެމީހުންގެ ލިޔެކިޔުންތައް ވަނީ ތަހުގީގުކޮށްފައެވެ. އެ ބެލިބެލުމުން 3 ބިދޭސީއަކު ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިގެން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށާއި، ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަގުސަދުގައި އިމިގްރޭޝަނުން އަންނަނީ މިފަދަ ތަފާތު އެކި އޮޕަރޭޝަންތައް ސިލްސިލާކޮށް ހިންގަމުންނެވެ.





