މާލޭގެ ޕޮލިސް ޓޯ ޔާޑުގައި ހުރި ސައިކަލުތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

މާލޭ އިންޑަސްޓްރިއަލް ޒޯން ތެރޭގައި ހުންނަ ޕޮލިސް ޓޯ ޔާޑުގައި ހުރި ސައިކަލުތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ މައުލޫމާތު މާލެ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ރޭ 18:31 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު، ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

ފަޔަރފައިޓަރުން ކުރި އަވަސް މަސައްކަތުން، ސައިކަލުތަކުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ 18:47 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް