ސެޕްޓެމްބަރު މަހު ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ 15 އިންސައްތަ ދަށަށް ގޮސްފި

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައިކިޔާއިރު 15 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޑޮލަރުން ލިބިފައިވަނީ 127 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 150 މިލިއަން ޑޮލަރާ އަޅާބަލާއިރު 23.4 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

ޑޮލަރުގެ އާމްދަނީން އެންމެ ބޮޑު ދަށްވުމެއް ފާހަގަކުރެވުނީ އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ އިތުރުން ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެން ލިބުނު އާމްދަނީންނެވެ.

ނަމަވެސް، މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ޖުމްލަ އަދަދަށް ބަލާއިރު، ޑޮލަރުން ލިބުނު އާމްދަނީ ވަނީ 1.2 ބިލިއަން ޑޮލަރަށް އަރައި، މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 63.7 މިލިއަން ޑޮލަރުގެ ކުރިއެރުމެއް ހޯދާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް