ފުވައްމުކަުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ

ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިއްކައި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައިގައި މި މަހުގެ 11 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ހޯދަޑު، ޒަމްހަރީރުގެ، އިބްރާހީމް މަޢުޛޫ (36 އަހަރު) އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އޭނާ ދިރިއުޅޭ ގޭގައި މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 7 ގްރާމުގެ ތަކެތީގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް