ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވަނީ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހާމަކުރައްވައިފިއެވެ.

މިއަދު އިރުއޮއްސި 18:00 އާ ހަމައަށް މޫސުން ލަފާކޮށް މެޓުން ނެރުނު ތަފްސީލުތަކުގައިވާ ގޮތުން، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ޚާއްޞަކޮށް އުތުރުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާއިރު، ދެކުނުގެ އެކި ހިސާބުތަކަށް ކެރީގެ އަސަރުފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މި ވަގުތުތަކުގައި އާންމުގޮތެއްގައި ވައި މަޑުވި ނަމަވެސް، އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން މައުލޫމާތު ދެއްވައެވެ.

މި ދުވަސްވަރަކީ އެކި ދުވަސްތަކުގައި އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާ ދުވަސްވަރަކަށްވާތީ، މޫސުމަށް އެންމެހައި ފަރާތްތަކުންވެސް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް