ސިނަމާލެ ބްރިޖުގައި އަންހެނަކަށް ފުރައްސާރަކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ސިނަމާލެ ބްރިޖަށް ކޮންމެ ދުވަހަކު ފަތިހު ކަސްރަތަށްދާ އަންހެނަކަށް ތިން މަސް ދުވަސް ވަންދެން އެކި ފަހަރުމަތިން ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 6:00 ހާއިރުއެވެ.

މި މައްސަލަ ބަލައިދޭން އެ އަންހެންމީހާ ފުލުސް އޮފީހަށް ހުށަހެޅިއިރު، ފުރައްސާރަ ކުރާ ކަމަށް ބުނާ ފިރިހެންމީހާއާ ސުވާލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯގައި އަންހެންމީހާ ކަސްރަތަށް ނުކުންނަ އިރު އެ ފިރިހެންމީހާ ފަސްފަހަތުން ހިނގައި ފުރައްސާރަކުރާތީ، އެކަމާ ސުވާލުކުރުމުން "ސޮރީ" އޭ ބުނެ އެ ފިރިހެންމީހާ ވަނީ އެތަނުން ދުވެފައި ގޮސްފައެވެ.

އެ އަންހެންމީހާ ބުނެފައިވަނީ ފުރައްސާރައަށް އިތުރަށް ކެތްނުވެގެން އެ މީހާއާ ކުރިމަތިލުމަށްފަހު، މި މައްސަލަ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް