މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރަކަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިސް މަގާމުތަކެއް ކުރިން ފުރުއްވާފައިވާ އަހުމަދު އަލީ އައްޔަންކޮށްފިއެވެ. އަހުމަދަކީ 2024 ވަނަ އަހަރު އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ބޯޑަށްވެސް އައްޔަންކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ބޯޑުން އިސްތިއުފާ ދެއްވާފައެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި ޖުމުލަ 8 މެންބަރުން ތިއްބަވައެވެ. އޭގެ ތެރޭގައި ހިމެނެނީ ބޯޑުގެ ޗެއާޕާސަންގެ އިތުރުން ސީއެމްޑީއޭގެ މެންބަރަކާއި، ފިނޭންސް މިނިސްޓްރީގެ މެންބަރެއް، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން ސަރުކާރު ތަމްސީލުކުރައްވާ އެންސްޕާގެ މެންބަރެއް އަދި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރައްވާ 4 މެންބަރުންނެވެ.
ޕެންޝަން ބޯޑުގެ މެންބަރަކަށް އަހުމަދު އަލީ އައްޔަންކުރައްވާފައިވާއިރު، އެ އިދާރާގެ ސީއީއޯގެ މަގާމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ ނައިބު ރައީސް ޔަޒްމީދު މުހައްމަދު ދާދި ފަހުން ވަނީ އައްޔަންކުރައްވާފައެވެ.




