"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް މާކެޓިން އޮފިސަރުގެ މަގާމުގައި ހުންނެވި އާއިޝަތު ޒަމްރާ ޒާހިރު އައްޔަންކުރައްވައިފި

އައްޑޫ ސިޓީގެ ހަންކެޑަ ތަރައްޤީކުރުމަށް ސަރުކާރުން އުފައްދަވާފައިވާ "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް މާކެޓިން އޮފިސަރުގެ މަގާމުގައި ހުންނެވި އާއިޝަތު ޒަމްރާ ޒާހިރު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ކުންފުނި އުފެއްދެވީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ކުންފުނީގެ ބޯޑަށް މެންބަރުން އައްޔަންކުރެއްވީ މި ހިނގާ މަހުގެ 27 ވަނަ ދުވަހުއެވެ.

މި ކޯޕަރޭޝަން އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ އިންޓެގްރޭޓެޑް ޓޫރިޒަމް މޮޑެލްގެ ދަށުން ހަންކެޑަ ތަރައްގީކޮށް، އައްޑޫ ސަރަޙައްދުގެ ފަތުރުވެރިކަން ފުޅާކުރުމާއެކު، އެ ސިނާޢަތުން ލިބޭ ނަފާ އައްޑޫގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމެވެ. ހަންކެޑައަކީ ފަތުރުވެރިކަމަށް ތަރައްޤީކުރާ ސަރަޙައްދެއްގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައެޅުއްވީ 2021 ޑިސެމްބަރު 2 ގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް