ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުމަށް ކުރަމުންްދާ މަސައްކަތުގެ ދަށުން، ހއ. ދިއްދޫގައި ދަރިވަރުންގެ ދަނާލެއް ހަދަން އެމްޓީސީސީއާ ހަވާލުކޮށްްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ޙިކްމާއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދް ޝަރީފް އަބްދުއްރަޙްމާން ޔޫސުފެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ދަނާލަކީ 32 ކޮޓަރީގެ އިތުރުން، ދަރިވަރުންނަށް ބޭނުންވާނެ އެންމެހައި ޒަމާނީ ވަޞީލަތްތަކާއި ޚިދުމަތްތައް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލްލަޠީފް މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.




