އެޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫހުޅުދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި އައްޑޫމީދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ހިމެނޭހެން ބަހުސެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ބަހުސްގެ ނަމަކީ "އަފިރިންގެ ބަހުސް" އެވެ.
ހުޅުދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ ޖުމްލަ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ޓިކެޓްގައި މޫސާ ސިއްދީގާއި އެމްޑީޕީގެ ޓިކެޓްގައި ޖާދު ﷲ ޖަމީލާއި އަމިއްލަ ގޮތުން އިބްރާހިމް އިރުޝާދެވެ. ހުޅުދޫގެ ބަހުސް އޮންނާނީ މާރޗް ތިރީސްވަނަ ދުވަހުގެރޭ 2030 ގައެވެ.
މީދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވަނީވެސް ޖުމްލަ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ޓިކެޓްގައި އާމިނަތު ސާލިހާއާއި އެމްޑީޕީގެ ޓިކެޓްގައި އަންޖުމް ނޫމާން އަދި އަމިއްލަ ގޮތުން އަހުމަދު ޝާތިރެވެ. މީދޫގެ ބަހުސް އޮންނާނީ މާޗް އެއްތިރީސްވަނަ ދުވަހުގެރޭ ގައެެވެ.
މި ދެބަހުސް ވެސް އިންތިޒާމް ކުރަނީ "އަފިރިންގެ ކައުންސިލް އަފިންނަށް" ހަރަކާތާއި ރާއްޖެ ޓައިމްސް ގުޅިގެންނެވެ. މި ދެބަހުސް ވެސް ހޯސްޓް ކުރާނީ މި ހަރަކާތުގެ ފަރާތުން މިދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އިމާދު ލަތީފެވެ. ބަހުސް އިންތިޒާމްކުރާ ފަރާތުން ދީފައިވާ ދައުވަތު ހުރިހާ ކެންޑިޑޭޓުން ގަބޫލުކޮށް ބަހުސްގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. ހުޅުމީދޫގައި ބާއްވާ މި ބަހުސް ރާއްޖެ ޓައިމްސްއިން ލައިވްކުރާ ގޮތަށް ހަމަޖެހިފައިވާއިރު ، ބަހުސް ބާއްވާ ތަން ފަހުން އިއުލާން ކުރެވޭނެއެެވެ.




