އދ. ދިގުރަށުގައި ބިދޭސީން އުޅޭ އެކަމަޑޭޝަން އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ގެންދަން ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އަލިފާނުގެ ހާދިސާގައި މަރުވި އެންމެންނަކީވެސް ބަންގްލަދޭޝްގެ މީހުންނެވެ.
ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބުނީ އަލިފާނުގެ ހާދިސާގައި މަރުވި ސާދަރު އަލީ އާއި ޝަފީގުލް އިސްލާމުގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ބަންގްލަދޭޝަށް ގެންދާނެކަމަށެވެ.
އައިޖީއެމްއެޗްއިން ބުނީ، ފިހިގެން ފަރުވާ ދެމުން އަންނަނީ 40 އަހަރާއި 21 އަހަރުގެ ދެ ފިރިހެނުންނަށްކަމަށެވެ. އެ ދެމީހުންނަށް އަދިވެސް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.




