ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު ހުޅުމާލެއިން ދެ ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕުރޮގުރާމު (އެމްއެމްސީޕީ) ގެ ދަށުން މިއަދުވެސް ހުޅުމާލޭގައި މޮނިޓަރ ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
Monitoring activities under the Migration Monitoring & Compliance Program (MMCP) were carried out today in Hulhumalé. During the operation, 31 expatriates were checked, and 2 expats found working illegally were detained.#MMCP #MaldivesImmigration pic.twitter.com/x0uJG2gJaZ
— Maldives Immigration (@ImmigrationMV) March 11, 2026
މިގޮތުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން މިއަދު 31 ބިދޭސީއަކު ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
އިމިގްރޭޝަނުން ވަނީ އިއްޔެވެސް ހުޅުމާލެއިން 45 ބިދޭސީއަކު ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ދެ މީހަކު އަތުލައިގެންފައެވެ.




