ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު، ގެމްބިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ސެރިންގް މޮޑޫ އެންޖީ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވަފިއެވެ.
ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، ޚާރިޖީ ވަޒީރު، ސެރިންގް މޮޑޫ އެންޖީ އަށާއި، ގެމްބިއާގެ ސަރުކާރަށާއި ރައްޔިތުންނަށް، މިނިވަން ދުވަހާ ގުޅިގެން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުން ދީގެން، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




