އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައެއް ހުޅުމާލެ އެކެއްގައި ހުޅުވައިފި އެވެ.
ރީތިގަސް މަގުން ރެއިން ކޮރަލް ރެޒިޑެންސް އިމާރާތުގައި ހަދާފައިވާ މި ފިހާރަ ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
މި ފިހާރަ ހުޅުވީ ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެސްޓީއޯގެ އައުޓްލެޓްތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެ އެވެ. ގްރޭޓާ މާލެ ސަރަހައްދުގައި ގާއިމްކުރެވިފައިވާ ހަ އައުޓްލެޓުގެ އިތުރުން އަތޮޅުތެރޭގައި އެސްޓީއޯގެ 13 އައުޓްލެޓެއް ގާއިމްކޮށްފައިވެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




