އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، ރެހެންދި އެވޯޑު ލިބިފައިވާ ފަރާތްތަކާ އެކު ބައްދަލުކުރައްވައިފިއެވެ.
އިިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރެހެންދި އެވޯޑުގެ އެލަމްނައި އުފެއްދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ރެހެންދި އެވޯޑު އެލަމްނައި އުފެއްދުމުގެ މަސައްކަތާ ގުޅޭގޮތުން ރެހެންދި އެވޯޑު ލިބިފައިވާ ފަރާތްތަކާ އެކު ވަޒީރު ޑރ ޢާއިޝަތު ޝިހާމް ބައްދަލުކުރެއްވުން.
މި ބައްދަލުވުމުގައި މި ވުޒާރާގެ މަސައްކަތްތަކުގައި، ޚާއްސަކޮށް ދިވެހިރާއްޖޭގައި އެކިއެކި ދާއިރާތަކުން އަންހެނުން ބާރުވެރިކޮށް،… pic.twitter.com/p8dKDtheGR
— Ministry of Social and Family Development (@MSFDmv) February 11, 2026
އަދި އެ ވުޒާރާގެ މަސައްކަތްތަކުގައި، ޚާއްސަކޮށް ދިވެހިރާއްޖޭގައި އެކިއެކި ދާއިރާތަކުން އަންހެނުން ބާރުވެރިކޮށް، އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށްޓަކައި އެލަމްނައި އާ ގުޅިގެން ކުރެވޭނެ ކަންކަމާ މެދު ވަނީ މަޝްވަރާކުރެވިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

