މި އަހަރު އައްޑޫ ސިޓީއަށް އައި ފުރަތަމަ ކްރޫޒްލައިނާއިން އައި 84 ފަތުރުވެރިންނަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ.
އިމިގްރޭޝަނުން ބުނީ ސީޕޯޓު ޑިވިޝަނުން ކްލިއަރެންސް ދީފައިވަނީ 84 ފަސިންޖަރުންނަށާއި 81 ފަޅުވެރިންނަށް ކަމަށެވެ.
The Seaport Division officers successfully provided en-route immigration clearance services for 84 passengers and 81 crew members aboard MS Island Sky, which arrived from Mahé, Seychelles to Hithadhoo, Addu City, on February 5th, 2026. pic.twitter.com/jBdQduk0Fw
— Maldives Immigration (@ImmigrationMV) February 7, 2026
"އެމްއެސް އައިލެންޑް ސްކައި" ނަމަކަށް ކިޔާ މި ކްރޫޒްލައިނާއަކީ ސީޝަލްސްގެ މަހޭ އިން އައްޑޫ ސިޓީ ހިތަދޫ އަށް އައި ކްރޫޒްލައިނާއެކެވެ. އަދި މި ކްރޫޒްލައިނާއަށް އައްޑޫއަށް އައީ ފެބުރުވަރީ 5 ވަނަ ދުވަހު އެވެ.
މިއީ މި އަހަރު ރާއްޖެއަށް އަށް ތިން ވަނަ ކްރޫޒްލައިނާ ކަމަށްވާއިރު، މީގެ ކުރިން އައި ދެ ކްރޫޒްލައިނާ އައިސްފައިވަނީ މާލެއަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


