މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ސުތުރާތައް ނަގަން ސިޓީ ކައުންސިލުގައި އެދިވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ މި ފަހަކަށް އައިސް ނަމާދު ކުރާއިރު ކުރިމަތީ ބެހެއްޓުމަށް ސުތުރާގެ ނަމުގައި އެކި ސިފަ ސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓައިގެން އުޅޭ ކަމަށެވެ.
ޝަހީމް ވިދާޅުވީ މިގޮތަށް ތަކެތި ބެހެއްޓުމަކީ ރަސޫލާ އާއި އަސްހާބުން އަދި ހެޔޮކަން ބޮޑުވެގެންވާ ތިން ގަރުނުގައި ވެސް ކަން ކޮށްފައިވާ ގޮތް ނޫން ކަމަށެވެ.
ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާއި ހިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއްނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިސްކިތްތަކުގައި މިފަދަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި ސުންނަތުން ވާރިދުވެފައިވާ ގޮތަށް އަމަލުކުރުން މާ ރަނގަޅުވާނެ ކަމަށާއި އެ ގޮތަކީ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެނޫންވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


