މިފްކޯއިން ފުވައްމުލަކު ސިޓީގައި ޤާއިމްކޮށްފައިވާ މަސް ޕްރޮސެސިން ފެސިލިޓީން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މި ފެސިލިޓީގެ މަސައްކަތް ފަށާފައިވަނީ، 2021 ވަނަ އަހަރުއެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނީ، ފުވައްމުލަކުގައި މަސް ޕްރޮސެސް ކުރާ ފެސިލިޓީއެއް ޤާއިމްކޮށްފައިވަނީ އެރަށުގެ އައިސް ޕްލާންޓު ސަރަހައްދުގައި ކަމަށެވެ. އަދި މި ފެސިލިޓީއަކީ، ޞިއްޙީ ގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ޚިދުމަތް ދޭ ގޮތަށް ޤާއިމްކޮށްފައިވާ ފެސިލިޓީއެއް ކަމަށާއި، މި ފެސިލިޓީ ހިންގުމަށް އެމްއެފްޑީއޭއިން މިހާރު ހުއްދަ ދީފައިވާ ކަމަށެެވެ.
އެހެންކަމުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި ފެސިލިޓީން ފުވައްމުލަކު މީހުންނަށް މަސް ގަނެ ޕްރޮސެސް ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




