މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިިފިއެވެ.
ފުލުހުން ބުނީ ގދ. ގައްދޫ ޕޮލިސްޓޭޝަނުން ބަލަމުން އަންނަ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ.ފުވައްމުލައް / ހޯދަޑު. ބޯގަންވިލާ، ސާމީ އަބްދުލްހަމީދު (35އ) އެވެ.
ސާމީ އަބްދުލްހަމީދު އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7791755 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




