ތިރީގައިވާ ވީޑިއޯ އިން ފެންނަ މީހާއަކީ ސައިބަރ ކްރައިމް ސެންޓަރުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއްކަމަށް ބުނެ ފުލުހުން އެކަން އިޢުލާނުކޮށްފިއެވެ.
އެމީހާ ހޯދަނީ މަކާރާއި ހީލަތުގެ މައްސަލައެއްގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން، ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 9636262 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




