ގދ. މަޑަވެލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުން ބުނީ، އަމަން އުއްލާ (44އ) ބަންގުލަދޭޝް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.
އަދި އޭނާ ހާޟިރުކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށްކަމަށާއި، ހާޒިރުވާންޖެހެނީ ގދ.މަޑަވެލި ޕޮލިސް ސްޓޭޝަން، 2025 ސެޕްޓެންބަރު 25 ވަނަ ދުވަހުގެ 10:00 އަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




