ގާނޫނުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް އއ. މަތިވެރީގައި ކުރިއަށް ގެންގޮސްފިއެވެ.
މި ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، މަތީވެރީގައި ހުރި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް އަދި ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، އެ ގާނޫނުގެ 37 ވަނަ މާއްދާ (ކުޑަކުދިންނަށް ވަޅި ވިއްކުން މަނާކުރުން) ގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ހަރަކާތުގައި، ގާނޫނުގައި ހިމެނޭ ބައެއް ކަންކަމުގެ މައުލޫމާތު އާންމުންނަށް ފެންނާނޭހެން، އިދާރާތަކާއި ފިހާރަތައް އަދި އާންމުން އެއްވެ އުޅޭ ސަރަހްއްދުތަކުގައި ވަނީ ހަރުކޮށްފައެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު: 7/2025) އަށް ރައްޔިތުން އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުން ދަނީ ހިންގަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




