ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު އާމިރު ވަކިކޮށް، އާއިޝަތު މުޒްނާ އައްޔަންކޮށްފިކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އިއުލާނުކޮށްފިއެވެ.
ބޯޑަށް އައްޔަންކުރެއްވި އިރު، މުޒްނާ ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ތ. ތިމަރަފުށި، ބޮޑުގެ އަލްފާޟިލް މުޙައްމަދު ޢާމިރު ވަކިކޮށް، އެ މަޤާމަށް މއ. ޑޯންޝައިން، އަލްފާޟިލާ ޢާއިޝަތު މުޒްނާ ވަނީ އައްޔަނުކޮށްފައެވެ. pic.twitter.com/ky98KbBHou
— Privatization & Corporatization Board (@pcb_gov) September 10, 2025
ސްޓެލްކޯ ބޯޑަށް އެ ބަދަލު ގެނައިކަން ޕީސީބީއިން އިއުލާނުކުރި ނަމަވެސް، އެ ގޮތަށް ނިންމި ސަބަބެއް އެ ބޯޑުން ހާމައެއް ނުކުރެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




