ހުޅުމާލޭ ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި ނިޔާވެފައި އޮއްވާ ފެނުނީ ނޭޕާލްއަށް ނިސްބަތްވާ ރުޕަން ތަޕާ މަގަރ (29އ) ކަމަށް ފުލުހުން ބުނެފިއެވެ.
މިކަން ހާމަކޮށް ފުލުހުން ބުނީ، އެ މީހާއަކީ 21 އޮގަސްޓުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ މީހެއްކަމަށާއި އެމީހާއަކީ ކާކުކަން ފޮރެންސިކް ތަހުލީލުތަކުންވެސް ކަށަވަރުވެފައިވާކަމަށެވެ.
އަދި މިހާތަނަށް ބެލި ބެލުމުން ރުޕަން ތަޕާ މަގަރް ނިޔާވުމުގައި ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަވެފައިނުވާކަމަށާއި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންކަމަށް ފުލުހުން ބުނެފައިވެއެވެ.
އެމީހާ ފެނުނު އިރު އޮތީ ކުނިވެފައިކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




