ޤައުމީ ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި ބޭއްވުމަށް އެމްއެންޑީއެފުން ތައްޔާރުވެއްޖެއެވެ.
މިކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ ޤައުމީ ދުވަހުގެ ހިނގާލަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުގައިކަމަށެވެ.
— Maldives National Defence Force (@MNDF_Official) August 23, 2025
އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން ހަތަރު ސަރަހައްދަކަށް ހުއްޓާނެއެވެ. އެއީ ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމައްޗަށާއި، މަޖީދީމަގު/ޗާންދަނީމަގު ހަތަރު އަނގޮޅި އާއި މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމައްޗަށެވެ.
މި ހިނގާލުން ނިންމާލާނީ ކަޅުތުއްކަލާ ކޮށްޓަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް