ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދު ޢައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެޗްއާރުސީއެމަށް ދެ މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އެކޮމިޝަންގެ ދެ މެންބަރެއްގެ މަގާމު އަންނަ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހާ ހަމައަށް ހަމަވާތީއެވެ. މަގާމުގެ މުއްދަތު ހަމަވަނީ ނައިބު ރައީސް މޫމިިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެއެވެ.
ޝަފީޤް އެޗްއާރުސީއެމަށް ޢައްޔަންކުރަން ފާސްވީ 64 މެންބަރުންގެ ވޯޓުންނެވެ.
އެޗްއާރުސީއެމަށް ޢައްޔަންކުރަން ރައީސް ވަނީ ހ. ސޯސަން، މުޙައްމަދު ފާރިސް ޠާހާގެ ނަންވެސް މަޖިލީހަށް ފޮނުއްވައިފައެވެ. ނަމަވެސް އެޗްއާރުސީއެމަށް ޢައްޔަންކުރަން ރައީސް ހުށަހެޅުއްވި ދެ ނަމަށް ޝަކުވާ ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ފުރުޞަތުގައި ފާރިސްއާ ގުޅޭ ގެވެށި އަނިޔާގެ ޝަކުވާތަކެއް ވަނީ ކޮމިޓީއަށް ލިބިފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޓީން ބޭއްވި އިންޓަވިއުގައިވެސް ބައެއް ސުވާލުތަކަށް ރަނގަޅަށް ޖަވާބު ނުދެވުމުގެ ސަބަބުން ކޮމިޓީން ވަނީ އޭނާގެ ނަން ފާސް ނުކުރުމަށް ނިންމައިފައެވެ.
ފާރިސް އަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތަކަށް އޭނާ އިންކާރުކުރައްވާފައިވާއިރު، ފާރިސްގެ ކުރީގެ އަންހެނުން ވެސް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އެހެންކަމުން، ފާރިސްގެ ނަން ކޮމިޓީން ފާސްވެފައި ނުވާތީ، އެޗްއާރުސީއެމަށް ޢައްޔަންކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ޝަފީޤުގެ ނަން އެކަންޏެވެ.
އެޗްއާރުސީއެމަށް ދެ މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އެކޮމިޝަންގެ ދެ މެންބަރެއްގެ މަގާމު އަންނަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހާ ހަމައަށް ހަމަވާތީއެވެ. މަގާމުގެ މުއްދަތު ހަމަވަނީ ނައިބު ރައީސް މޫމިިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް