ކެންސަރ ސޮސިއިޓީ އޮފް މޯލްޑިވްސް އާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން ކެންސަރާއި ބޭހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަން ނަންގަވައިދެއްވީ ކެންސަރ ސަވައިވަރ އެއް ކަމުގައިވާ، މުހައްމަދު ކަލީމް އެވެ. އަދި އަނގައިގެ ކެންސަރާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވީ ޑރ. އަހްމަދު ސަލީމް އެވެ.
މި ސެޝަންގައި އެކި ބާވަތުގެ ކެންސަރަށް މަގުފަހިވާ ކަންކަމާއި އަދި މި ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ވަނީ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ. އަދި އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިފާ ގިނަ ސަބަބުތަކާއި ނުރަނގަޅު އާދަތަކުން ދުރުވުމަށް ކުރެވިދާނެ ކަންކަމާއި މެދު ލަފާ ދެއްވާފައިވެއެވެ.
ކެންސަރ ސޮސިއިޓީ އޮފް މޯލްޑިވްސް އާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން ކެންސަރާއި ބޭހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި.
މި ސެޝަން ނަންގަވައިދެއްވީ ކެންސަރ ސަވައިވަރ އެއް ކަމުގައިވާ، މުހައްމަދު ކަލީމް .އަދި އަނގައިގެ ކެންސަރާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވީ ޑރ.… pic.twitter.com/HFO7R5ZjjC
— Ministry of Social and Family Development (@MSFDmv) August 17, 2025
މީގެ އިތުރުން، މި ސެޝަންގައި ވަނީ ބައިވެރިންނަށް ކެންސަރާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުޞަތު ވެސް ހުޅުވާލާފައެވެ. ބައިވެރިން ފާހަގަކުރިގޮތުގައި މި ސެޝަން ވެގެންދިޔައީ ވަރަށް މުހިންމު މަޢުލޫމާތު ލިބިގެންދިޔަ ސެޝަނަކަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް