ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
މި ސެންޓަރުގެ ބިންގާ އަޅުއްވާދެއްވާފައިވަނީ އެކަމަށް ޚާއްސަކޮށް މިއަދު ހުޅުމާލެ ފޭސް 2 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބަރ ސެކިއުރިޓީ ހެޑް، ޑރ. މުޙައްމައު އަލް ކުވައިތީއާއި، ދާހިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އޮނަރަބަލް އަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
މި ރަސްމިއްޔާތުގައި، ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލުގެ ކަމާ ގުޅުންހުރި ބޭފުޅުންނާއި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވިއެވެ.
ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ ޕޮލިސް ޑާޓާ ސެންޓަރަކީ ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމާއެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތަކާއެކު ގާއިމުކުރާ ސެންޓަރެކެވެ. މި ސެންޓަރާއެކު ފުލުހުންގެ މަސައްކަތްތައް، ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބައްޓަންވެގެންދާނެއެވެ. އަދި ކުށް ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތަށް ބޮޑު ބަދަލެއް އަންނާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް