ބ. ކަމަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ދޭން މިއަދު ފަށައިފިއެވެ.
މި ހިދުމަތް ފަށްޓަވައި ދެއްވީ، އެ އަތޮޅަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، ކަމަދޫއަށް ވަޑައިގެން އެމަނިކުފާނެވެ.
ރައީސްވަނީ މި ހިދުމަތް ކަމަދޫގައި ފައްޓަވައި ދެއްވުމަށް، ރަމްޒީ ކާޑު ބޭނުންކުރައްވައި އެ އޭޓީއެމްއިން އެންމެ ފުރަތަމަ ހިދުމަތް ހޯއްދަވާފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އޭޓީއެމްގެ ހިދުމަތް ދިނުމަކީ އެމަނިކުފާނުގެ މުހިންމު ވަޢުދުފުޅެކެވެ.
President Dr @MMuizzu inaugurates the newly established Bank of Maldives (BML) Self Service Banking ATM on Kamadhoo. Marking the occasion, the President made the first cash withdrawal from the machine. This initiative is part of the broader effort to expand BML's ATM services to… pic.twitter.com/AN6o6BiBdr
— The President's Office (@presidencymv) August 11, 2025
ބ. އަތޮޅަށް ރައީސް މިއަދު ފެއްތެވި މި ދަތުރުފުޅުގައި އެ އަތޮޅުގެ 13 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މިއީ ހަތަރު ދުވަހަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނާއެކު ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް