އަސްކޮއި ޙައްޖު އެންޑް ޢުމްރާ ޓުއާސް ޕްރައިވެޓް ލިމިޓެޑް އިން ޢުމްރާއަށް ގެންދާނެކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނަގައި އުމްރާއަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދީފައިނުވާ ކަމަށް ބުނާ މައްސަލަ އެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިކަން ހާމަކޮށް ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނީ، މި މައްސަލައާ ގުޅިގެން ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން އިން އެ މައްސަލަ ތަހުގީގުކުރަމުންދާކަމަށެވެ.
އަދި އެ ގުރޫޕުގެ ފަރާތުން އެފަދަ ކަމެއް އިތުރު ފަރާތަކަށް ދިމާވެފައިވާނަމަ، އެކަން އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން ގެ ނަންބަރު9790048 އަށް ގުޅުއްވުމަށާއި ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޟިރުވެ އެ މައްސަލަ ހުށަހެޅުމަށް ފުލުހުން އެދިފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް