”ދުބާއީ ޕޮލިސް ސީއައިޑީ“ ގެ ނަމުގައި ސްކޭމަރުން ވީޑިއޯ ކޯލް ކުރަމުންދާ ކަމަށާއި އެކަމަށް ސަމާލުވާން ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
އެ ސެންޓަރުން ރޭގައި ސޯޝަލް މީޑިއާގައި އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދުބާއީ ޕޮލިސް ސީ.އައި.ޑީ އަދި އެހެނިހެން އިދާރާތަކުގެ ނަމުގައި ސްކޭމަރުން ވީޑިއޯ ކޯލް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެފަދަ ފަރާތްތަކުން +971 58 532 2946 ފަދަ ނަންބަރުތަކާއި [email protected] ފަދަ އީމެއިލްތައް ބޭނުންކޮށްގެން ޒާތީ މަޢުލޫމާތާއި އެކައުންޓްތަކުގެ މަޢުލޫމާތު ހޯދަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.
އެހެންކަމުން ފުލުހުން ބުނީ ތިރީގައިވާ ކަންކަމަށް ސަމާލުވުމަށެވެ.
- ދުބާއީ ޕޮލިހުން ވީޑިއޯ ކޯލްގައި އެއްވެސް ސެންސިޓިވް މަޢުލޫމާތެއް ނުވަތަ ފައިސާއެއް ނުހޯދާނެ.
- އެއްވެސް ހާލެއްގައި އޯޓީޕީ، ޕާސްވޯޑް ނުވަތަ ބޭންކް މަޢުލޫމާތު ހިއްސާނުކުރުމަށް.
- ޝައްކުކުރެވޭ ކޯލެއް އަތުވެއްޖެނަމަ، ވަގުތުން ފޯން ކަނޑާލުމަށް.
ފުލުހުން އެދިފައިވަނީ މި މެސެޖް ގިނަ ބަޔަކާ ހިއްސާކޮށް، އާއިލާއާއި ރައްޓެހިން މިފަދަ ސްކޭމްތަކުން ރައްކާތެރިކުރުމަށް އެހީތެރިވެދިނުމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް