ހުޅުމާލޭގައި 4 ސްކްރީނުގެ ބޮޑު ސިނަމާއެއް ތަރައްޤީ ކުރަން ހަމަޖެހިފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރޭ ކުރިއަށްދިޔަ "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ހުޅުމާލޭގައި ހަތަރު ސްކްރީނުގެ މި ސިނަމާ ތަރައްޤީކުރުމަށް ބޭރުގެ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރައްވައި ވަޒީރު ވަނީ، މިހާރު ރާއްޖޭގައި ރަނގަޅު ސިނަމާއެއް ނެތްކަން ފާހަގަކުރައްވާ މިއީ ވަރަށް ގިނަ ފަރާތްތަކުގެ ކަންބޮޑުވުން އޮތް ކަމެއްކަމަށް ވިދާޅުވެފައެވެ.
އަދި މިހާރު ހުރި އޮލިމްޕަހަކީ ތީއޭޓަރއެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ ތަނަކަށް ވެފައި، އެތަނުގައި ފިލްމްތައް އެޅުވުމަށް މިހާރުވެސް ދަތިތަކެއް ހުރިކަމަށާއި، މިކަމަށް ހައްލެއް ގެނައުމަށް، އޮލިމްޕަސް ހުއްޓުމަކަށް ގެނެސް އައު ތަނެއް އެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ޒަމާނީ ފެންވަރުގެ ސިނަމާއެއް ހަދާއިރު ގިނަ ޚިދުމަތްތަކެއް ހުންނަންޖެހޭކަމަށެވެ.
”ސިނަމާއަކީ ވަރަށް ބޮޑަށް މުނިފޫހި ފިލުވާތަނެއް. އެތަނުން އެކި ފިލްމްތައް ބަލަން ވަދެވޭނެ. 4 ވަރަކަށް 6 ވަރަކަށް ސްކްރީން ހުންނާނެ. އެތަނުގައި ގޭމްތައް ހުންނާނެ. ޝޮޕިންގް ކޮމްޕްލެކްސް ހުންނާނެ. މިއީ ތަޞައްވުރަކަށް ވާންޖެހޭނީ. އަޅުގަނޑުމެން، ހިޔާލު ހުއްޓިގެން ނުވާނެ އޮލިމްޕަސް އަޅަން. އަޅުގަނޑުމެން އަޅަން ޖެހެނީ، ރަނގަޅު ފެންވަރުގެ ސިނަމާއެއް“ ވަޒީރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް