އިމަރޖެންސީކޮށް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ މީހަކު ހޮސްޕިޓަލުގައި ނިޔާވެއްޖެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިކަން ހާމަކޮށް ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނީ، މިއަދު ހެނދުނު 10:10 ހާއިރު އިމަރޖެންސީކޮށް އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ މީހަކު ހޮސްޕިޓަލުގައި ނިޔާވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
Advertisement
މިގޮތުން ނިޔާވެފައިވަނީ މުޙައްމަދު ރަޝީދު / މއ. ސައިނޯސަރ (43އ) ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މީހާއަށް ލިބުނު އަނިޔާއެއް ނުވަތަ ހާލު ސީރިއަސްވި ސަބަބެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް