ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ފ. ދަރަނބޫދޫގައި ހައިޑްރޮޕޯނިކަސް ޕްރޮގަރާމް ކާމިޔާބުކަމާއެކު ނިންމާލާފިއެވެ.
އެގޮތުން މި ޕްރޮގްރާމުގެ ދަށުން އެރަށުގެ 10 ފަރާތަކަށް ހައިޑްރޮޕޯނިކްސް ނިޘާމާއި ގްރީންހައުސް، އެ މިނިސްޓްރީގެ އެހީތެރިކަމާއެކު ޤާއިމްކޮށް، ވަނީ ހަވާލުކުރެވިފައެވެ.
Advertisement
އަދި ސިސްޓަމްތައް ލިބުނު ކޮންމެ ފަރާތަކަށްވެސް ފަތްކާ ތަރުކާރީ އިންދުމަށް އެއް ސިސްޓަމާއި މެލަން އިންދުމަށް ސިސްޓަމްއެއް ވަނީ ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، ހައިޑްރޮޕޮނިކްސް ސިސްޓަމް ލިބުނު 10 ފަރާތްތައް ހިމެނޭހެން، ޖުމްލަ 29 ބައިވެރިން ވަނީ ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
މިފަދަ ހައިޑްރޮޕޮނިކްސް ޕްރޮގެރާމެއް މިއަހަރުގައި އދ.އޮމަދޫގައި ވެސް ވަނީ ފުރިހަމަކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް