އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޞިއްޙީގޮތުން ދުޅަހެޔޮކޮށް ތިބުމަށާއި، އުފާވެރިކަމާއެކު ދޮށީއުމުރު ހޭދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް މި ވުޒާރާއިން ކުރިއަށް ގެންދާ "އުފާވެރި ރާސްތާ" ޕްރޮގްރާމް ކ.ގުޅީގައި ކުރިއަށް ގެންގޮސްފިއެވެ.
އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށް ކުރިއަށްގެންދާ އުމުރުން ދުވަސްވާއިރު ޞިއްޙީގޮތުން ދުޅަހެޔޮކޮށް ހުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައި ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމަށް ފުރުޞަތު ލިބިގެންދާ އުފާވެރި ޕްރޮގްރާމެއެއްކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޞިއްޙީގޮތުން ދުޅަހެޔޮކޮށް ތިބުމަށާއި، އުފާވެރިކަމާއެކު ދޮށީއުމުރު ހޭދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް މި ވުޒާރާއިން ކުރިއަށް ގެންދާ "އުފާވެރި ރާސްތާ" ޕްރޮގްރާމް ކ.ގުޅީގައި ކުރިއަށް ގެންގޮސްފި.
އުމުރުން… pic.twitter.com/aZI7Qbb0WK
— Ministry of Social and Family Development (@MSFDmv) July 13, 2025
މި ޕްރޮގްރާމު ކުރިއަށް ގެންގޮސްދެއްވުމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް