އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ސެނެހިޔަ މިލިޓަރީ ހޮސްޕިޓަލް ގުޅިގެން ކ.ހުރާގައި "ސީޕީއާރު-އޭއީޑީ" ކޯހެއް ހިންގައިފިއެވެ.
ކ.ހުރާ ކައުންސިލާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން ޖުލައި 6 އިން 9 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި އެ ރަށުގެ 22 މީހުން ވަނީ ބައިވެރިވެ ކޯސް ފުރިހަމަކޮށްފައެވެ.
ކޯސް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މޭޖަރ ޑރ. މުޙައްމަދު ފާލިހު ޢަލީއެވެ.
މި ކޯހުގައި ކާޑިއޯވަސްކިއުލަރ ނިޒާމާއި، ނޭވާލާ ނިޒާމުގެ އިތުރުން، ސީޕީއާރު ދޭނެ ގޮތާއި، ހޭނެތިފަައިވާ މީހަކަށް ފަރުވާދޭނެ ގޮތާއި، ޒަޚަމްވެ ލޭއައުން ފަދަ ކަންކަން މެނޭޖްކުރުމާއި، ފިހުމުން ފަރުވާދޭންވީ ގޮތާއި، އެއާ ގުޅުންހުރި ފަސްޓް އެއިޑް މެނޭޖްމަންޓް ފަދަ ބައިތައް ވަނީ އުންގަންނައިދީފައެވެ.
މީގެއިތުރުން، މެޑިކަލް އިމަރޖެންސީތައް ކަމުގައިވާ ހާޓް އެޓޭކާއި، އެސްމައާއި، ސްޓްރޯކްގެ އިތުރުން، ކެޝުއަލްޓީ ކެރީސްއާއި، ހީޓް ސްޓްރޯކާއި، ހީޓް އެގްޒޯސްޝަން އަދި ހީޓް ކްރޭމްޕްސްގެ ބައިތައް ވެސް މި ކޯހުގައި ކިޔަވައިދީފައިވެއެވެ.
މި ކޯހުގައި ކިޔަވައިދިނީ އެމްއެންޑީއެފް މެޑިކަލް ކޯރގެ މެޑިކުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް