މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މާލެ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީސް) ރީނދޫ އެލާޓް ނެރެފިއެވެ.
ރީނދޫ އެލާރޓް ނެރެފައިވަނީ މިރޭ 19:30 އިން ފެށިގެން މިރޭ 23:30 އާއި ހަމައަށެވެ.
Advertisement
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ބޯކޮށް ވާރޭވެހި ގުރުގުރުންވެސް އެކަށީގެންވެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
Alert Yellow: Advisory
Torrential rain and thunderstorms with gusts of 45 mph expected. pic.twitter.com/De1wl0ROsA— Maldives Meteorology (@MetMaldives) July 10, 2025
މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް