އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން 19 ވަނަ ދުވަހު ބާއްވާ ރާއްޖޭގެ ފުރަތަމަ އޮޑިޓަރުންގެ ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ސީއޭ މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި "އޮޑިޓާސް ފޯރަމް 2025" ގެ ނަމުގައި ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ ޖުލައި 19 ވަނަ ދުވަހުގެ 08:30 އިން 16:00 އަށެވެ. އަދި މި ފޯރަމްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޖުލައި 10 ގެ 15:00 ގެ ނިޔަލަށް ސީއޭ މޯލްޑިވްސްގެ ޕޯޓަލް މެދުވެރިކޮށެވެ.
މި ފޯރަމްގައި ބައިވެރިވުމަށް އެދޭ އެ އިންސްޓިޓިއުޓްގެ މެންބަރުން 925ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، މެންބަރުންގެ ގޮތުގައި ނުހިމެނޭ ފަރާތްތަކުން ދައްކަން ޖެހޭނީ 1،425ރ. އެވެ.
މޯ ފޯރަމްގެ ސެޝަންތަކުގައި އައިއެސްކިޔުއެމް 1 އަދި 2 ތަންފީޒުކުރުމާއި، އޮޑިޓުކުރުމުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންކުރުމާއި، ޕްރޮފެޝަނަލް ޚިދުމަތްތަކުގެ އަގުތައް ކަނޑައެޅުން ފަދަ އޮޑިޓަރުންނަށް ބޭނުންވާ މުހިންމު މައުޟޫޢުތަކަށް އަލިއަޅުވާލާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް