މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އިންތިޒާމްކޮށްގެން ފ. ދަރަނބޫދޫގައި ހައިބްރިޑް މޯޑްގެ ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމްއެއް ފަށައިފިއެވެ.
މިކަމުގެ މައުލޫމާތު ހާމަކުރަމުން މިނިސްޓްރީން ބުނީ މިއީ ޖޫންން 23 ން 12 ޖުލައި ށް ކުރިޔަށް ގެންދާ ޕްރޮގްރާމެއްކަމަށާއި މި ތަމްރީން ޕްރޮގްރާމަކީ ވާރޭ ހިޔާ އަދި ހައިޑްރޮޕޮނިކްސް ނިޒާމުތައް އިމާރާތްކުރުމާއި އެކުގައި ކުރިއަށްދާ ޕްރޮގްރާމެއްކަމަށެވެ.
ފ. ދަރަނބޫދޫގައި ހައިބްރިޑް މޯޑްގެ ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމްއެއް ކުރިޔަށް ދަނީ.
ޖޫން 23 ން 12 ޖުލައި ށް ކުރިޔަށް ގެންދާ މި ތަމްރީން ޕްރޮގްރާމަކީ ވާރޭ ހިޔާ އަދި ހައިޑްރޮޕޮނިކްސް ނިޒާމުތައް އިމާރާތްކުރުމާއި އެކުގައި ކުރިއަށްދާ ޕްރޮގްރާމެއް. ތަމްރީން ޕްރޮގްރާމްގެ… pic.twitter.com/HL3ndN07i8— Ministry of Agriculture and Animal Welfare (@MAAWmv) June 29, 2025
މި ތަމްރީން ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން 10 ބައިވެރިންނަށް ހައިޑްރޮޕޮނިކްސް ނިޒާމްތައް ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާާތުދެއެވެ.
މި ތަމްރީނު ޕްރޮގްރާމް ގައި ކިޔަވައިދެެއްވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ ޓެކްނިކަލް މުވައްޒަފުންނެވެ.
މިނިސްޓްރީން ވަނީ ރ. މާކުރަތުގައި ވެސް ހައިޑްރޮޕޯނިކްސް އާއި ބެހޭ ތަމްރީން ޕްރޮގްރާމެއް މިދިޔަ ހަފްތާގައި ހިންގާފައެވެ. އެއީ އެ ރަށުގެ ދަނޑުވެރިންނާ ސްކޫލުގެ ސާނަވީ ދަރިވަރުންނަށް އަމާޒު ކޮށްގެން ހިންގި ޕްރޮގްރާމެކެވެ. އެ ޖުމުލަ 36 ފަރާތެއް ބައިވެރިވި.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް