އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 3 ދުވަހުގެ "ޖެންޑަރ ސެންސިޓައިޒޭޝަން އަދި މެއިންސްޓްރީމިންގ ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީއޯޓީ)" ޕްރޮގްރާމް ނިންމާލައިފިއެވެ.
މި މަހުގެ 22 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ އެހެން ފަރާތްތަކާއި މުއައްސަސާތަކަށް ކުރިއަށް ގެންދެވޭނެ ތަމްރީނު ލިބިފައިވާ ފެސިލިޓޭޓަރުންގެ މައި ގްރޫޕެއް އެ ވުޒާރާގައި އުފެއްދުންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުުޒާރާއިންވަނީ ބުނެފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު 3 ދުވަހުގެ "ޖެންޑަރ ސެންސިޓައިޒޭޝަން އަދި މެއިންސްޓްރީމިންގ ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީއޯޓީ)" ޕްރޮގްރާމް މިއަދު ނިންމާލައިފި.
މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ އެހެން… pic.twitter.com/EQkzghuBlN
— Ministry of Social and Family Development (@MSFDmv) June 24, 2025
މި ޓީއޯޓީގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ މިދާއިރާގައި ފުންނާބުއުސް ދެބޭފުޅުން ކަމުގައިވާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)ގެ ސީއީއޯ އާމިނަތު ޝިރާނީ ނައީމް އަދި ހޯޕް ފޯ ވިމަންގެ ޗެއާޕަރސަން އަޙްމަދު އަންވަރު އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް