މެޓަބޮލިކް ޑިސްއޯޑާއަށް ފަރުވާދިނުމަށް، މެޓަބޮލިކް ސެންޓަރެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ.
މޯލްޑިވްސް ނިއުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީގެ ފަރާތުން ހުޅުވި މި ސެންޓަރު ހުންނާނީ ލިލީ މަގުގައެވެ.
މި ސެންޓަރު ހުޅުވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.
Minister of Health @ANazim2019 Inaugurated the first Center for Diabetes and Metabolic Disorders in Maldives. The center was opened in the Maldives Neuro Endocrine Medical Facility with assistance of Belarus Maldives Cultural Center. #Maldives #Belarus #HealthCooperation pic.twitter.com/iGShpgvWUN
— Ministry of Health (@MoHmv) June 22, 2025
މި ސެންޓަރުން ހަކުރުބަލި، ކޮލެސްޓްރޯލް،ލޭގެ ޕްރެޝަރ މައްޗަށް ދިއުން ފަދަ ބައްޔެއް ހުރިނަމަ އެކަން މޮނިޓަރކޮށް، ޓެސްޓުކޮށް އެކަމަށް ފަރުވާކުރެވޭނެއެވެ.
މި ސެންޓަރުން ހުރިހާ އުމުރެއްގެ މީހުންނަށްވެސް ޚިދުމަތް ދޭނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް