އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ފްލޯޓިންގ ރެސްޓޯރަންޓަކާއި ތީމް ޕާރކެއް ޤާއިމްކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަން ހާމަކޮށް އެ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ފްލޯޓިންގ ރެސްޓޯރަންޓަކާއި އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ތީމް ޕާރކެއް ތަރައްޤީކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލާއި އީ.އޭ.ޖީ ފައިނޭންސް, މޯލްޑިވްސް ޓްރެވެލް ކްލަބް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ފްލޯޓިންގ ރެސްޓޯރަންޓަކާއި އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ތީމް ޕާރކެއް ތަރައްޤީކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލާއި އީ.އޭ.ޖީ ފައިނޭންސް, މޯލްޑިވްސް ޓްރެވެލް ކްލަބް އާއެކު ވެވުނު އެއްބަސްވުމުގެ ތެރެއިން. 1/2 pic.twitter.com/vc4HcWO5qV
— Addu City Council (@AdduCityCouncil) June 21, 2025
އަދި މި މަޝްރޫޢުގެ ދަށުން، ރެސްޓޯރަންޓް ޤާއިމްކުރުމުގެ އިތުރުން ޒަމާނީ ވަސީލަތްތަކާއެކު ތީމް ޕާރކެއް ޤާއިމު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކައުންސިލުންވަނީ ހާމަކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް