އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ކިންގް ޗާރލްސް III ގެ ރަސްމީ އުފަން ދުވަހުގެ މުނާސަބަތުގައި އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒް، ޑޭވިޑް ލެމީ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި ވަޒީރުގެ އަމިއްލަ ނަމުގައި، އިނގިރޭސިވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް އިނގިރޭސިވިލާތުގެ ރަސްގެެފާނު ހިޒް މެޖެސްޓީ ކިންގް ޗާރލްްސް III ގެ ރަސްމީ އުފަން ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކޮށްފައިވެއެވެ.
އަދި މިއަހަރުގެ ތެރޭގައި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފާހަގަ ކުރެވޭ ހިނދު، މި ފުރުޞަތުގައި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައިވެސް ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ރަސްގެފާނާ ގުޅިގެން ގާތުން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަޒީރުވަނީ އަރުވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް