އެއްވެސް ޤައުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ އެކަނި ކުރިމަތިލެވޭނެ ގައުމެއް ނޫންކަމަށާއި އެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ހުރިހާ ގައުމަކުންވެސް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ވިދާޅުވެއްޖެ އެވެ.
ޔޫ.އެން.އޯ.ސީ 3 ގެ އޯޝަން އެކްޝަން ޕެނަލް 8 ގައި ވާހަކަދައްކަވަމުން އެއްބާރުލުން ދިނުމާއި އެހީތެރިވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަމުން އަމްޒަތު ވަނީ އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، ޒިންމާދާރުކަން ހިއްސާކުރުމުގެ މައްޗަށް ބިނާކޮށް އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
އަދި އައި.އޯ.ޓީ.ސީ އާއި، އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާސް ޕާޓްނަރޝިޕް އަދި އެހެނިހެން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައި ދިވެހިރާއްޖޭގެ ލީޑަރޝިޕް ފާހަގަކުރައްވަމުން އެބޭފުޅާ ވަނީ ދުނިޔޭގެ މަސްވެރިކަމާއި ތިމާވެށި ބެލެހެއްޓުމުގެ މަސައްކަތްތަކުގައި ދިވެހިރާއްޖެ މުހިންމު ދައުރުވެސް ފާހަގަކުރައްވާފައެވެ.
އަދި ޔޫ.އެން.އެފް.ސީ.ސީ.ސީ، ކުންމިންގ މޮންޓްރިއަލް ބަޔޯޑައިވަރސިޓީ ޕްރޮޓޮކޯލް، އަދި ސައިޓިސް އާ ގުޅޭގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މަޝްވަރާތަކުގައި ދިވެހިރާއްޖެއިން އަދާކުރާ ޙަރަކާތްތެރި ދައުރުވެސް ޑރ. އަމްޒަތު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަހުގެ މަސްވެރިކަން ބެލެހެއްޓުން ކުރިއެރުވުމުން ފެށިގެން ބީ.ބީ.އެން.ޖޭ އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މަޝްވަރާތަކުގައި ހަމަހަމަކަމަށް ވަކާލާތުކުރުމާ ހަމައަށް، ދިވެހިރާއްޖެއިން ޙަޤީޤީ އެއްބާރުލުމަކަށް ގޮވާލާ ކަމަށް ޑރ. އަމްޒަތު ވިދާޅުވި އެވެ. އެއީ ކުދި މިނުގެ މަސްވެރިކަމަށް އިސްކަންދެވި، އަދި ކުދި ޖަޒީރާ ތަރައްޤީވަމުންދާ ޤައުމުތައް ހަމައެކަނި ސްޓޭކްހޯލްޑަރުންގެ ގޮތުގައި ނޫން ކަމަށް ވިދާޅުވި އެވެ. އަދި ކަނޑާ ގުޅޭ ޙައްލުތައް އުފެއްދުމުގައި ބާނީންގެ ގޮތުގައި ދެކެވޭ އެއްބާރުލުމެއްކަމަށްވެސް ވިދާޅުވި އެވެ.
ޑރ. އަމްޒަތު ވިދާޅުވީ މިއީ އެހެންބައެއްގެ ހަނގުރާމައެއް ނޫން ކަމަށާއި، މިއީ އަހަރެމެން އެންމެންގެ ހަނގުރާމައެއް ކަމަށާއި، ދިވެހިރާއްޖެ އޮތީ ޤައުމުގެ ދައުރު އަދާކުރުމަށް ތައްޔާރަށް ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް