އުފާވެރިކަމުގެ މިންގަނޑެއް ކަނޑައެޅުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު އޮތް މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އުފާވެރިކަމުގެ މިންގަނޑުގެ މައިގަނޑު އަސާސްތަކާއި، އެ އަސާސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކުގެ މައްޗަށެވެ. މިއަދުގެ ބައްދަލުވުމުގައި ވަނީ އިންޑެކްސް ކަނޑައެޅުމުގައި ހިމަނާފައިވާ އަސާސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު އެކުލަވާލުމާބެހޭ މަޝްވަރާ ބައްދަލުވުމުގެތެރެއިން. މިއަދު އޮތް މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި މިނިސްޓްރީގެ ވެރިން ބައިވެރިވެވަޑައިގެންނެވި. މިއީ މި ސިލްސިލާގެ ދަށުން ބޭއްވުނު ދެވަނަ ބައްދަލުވުން. pic.twitter.com/YPwV41awaa
— Ministry of Cities, Local Government, Public Works (@MoCLPmv) June 12, 2025
މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް