މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ލ. ގަމާއި ފޮނަދޫގައި ޚާއްޞަ ފެސްޓިވަލެއް ބޭއްވުމަށް ތިމާވެށީގެ މިނިސްޓްރީން ނިންމައިފިއެވެ.
މިކަން ހާމަކޮށް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ފެސްޓިވަލް އޮންނާނީ ޖޫން މަހުގެ 26 އިން 29 އަށް ކަމަށެވެ. އަދި މި ފެސްޓިވަލްގައި އެންޖީއޯ ފޯރަމެއްވެސް ހިމެނޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
In celebration of World Environment Day 2025, the Ministry invites interested NGOs to join us for the NGO Forum and Environment Day Festival.
This year's celebrations will take place from June 26th to 29th in Laamu Gan and Fonadhoo.
Scan the QR Code to submit your EOI form and… pic.twitter.com/CJIaMzW6ag
— Ministry of Tourism and Environment (@MoTmv) June 10, 2025
މި ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުޤުވެރިވާ އެންޖީއޯތަކަށް މިހާރު ވަނީ ދައުވަތު ދީފައިވާއިރު، ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޯމު ހުށަހަޅަންވާނެކަމަށް ބަޔާންކޮށް މި ފޯމު ހުށަހެޅުމަށް ޚާއްޞަ ކިއުއާރު ކޯޑެއް މިނިސްޓްރީން ވަނީ ޙިއްޞާކޮށްފައެވެ.
މި ފެސްޓިވަލްގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް