ފުވައްމުލަކުގައި މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފިއެވެ.
މިކަން ހާމަކޮށް ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނީ، ފުވައްމުލައް ސިޓީގައި މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ މައްސަލަ ރޭ 8:54 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި މާރާމާރީގައި އަނިޔާވެފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށާއި މިގޮތުން ބޭރުފުށުން ފެންނަން ހުރި އޭނާގެ އަނިޔާގެ ތެރޭގައި ނޭފަތާއި އަނގަމަތި ފަޅައިގެން ގޮސް، ކަނާއަތު ކޯމަތި ދުޅަވުމުގެ އިތުރުން އެހެނިހެން ކުދި އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އިތުރު ފަރުވާއަށް އޭނާ އައްޑޫ ސިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހެއް ހައްޔަރުކޮށްފައިނުވާކަމަށާއި ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންކަމަށް ފުލުހުން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް