ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ މަޝްވަރާތަކެއް، ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، އޮމާންގެ ތިމާވެށީގެ އޮތޯރިޓީގެ ޗެއަރމަނާއި އދ. ގެ ތިމާވެށީގެ ޕްރޮގްރާމްގެ ރައީސް، ޑރ. އަބްދުﷲ ބިން އަލީ އަލް-އަމްރީއާ ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، ދެ ބޭފުޅުން ވަނީ ރާއްޖެއާއި އޮމާނާ ދެމެދު ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޠާރިޤު ވަނީ އދ. ގެ ތިމާވެށީގެ އެސެމްބްލީގައި ކުރިއަށްދާ މަޝްވަރާތަކަށް ރާއްޖެއިން ޑރ. އަލް-އަމްރީއަށް ދެމުންދާ އެއްބާރުލުން އަލުން ހާމަކުރައްވާފައެވެ.
Minister @Thoriqibrahim met with H.E. Dr. Abdullah Bin Ali Al-Amri, Chairman of the Environment Authority of the Sultanate of Oman and President of the United Nations Environment on the margings of UNOC-3.
Minister and H.E. Al-Amri discussed strengthening bilateral relations… pic.twitter.com/NGlN1gyN2g— Ministry of Tourism and Environment (@MoTmv) June 9, 2025
މިއީ ދެ ޤައުމުގެ ތިމާވެށީގެ ދާއިރާގެ އިސްވެރިން ބައްދަލުކޮށް، މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ފުރުޞަތެއްކަމަށް ބެލެވެއެވެ. މިއީ މިހާރު ކުރިއަށްދާ އދ. ގެ ކަނޑުތަކާބެހޭ މަހާސިންތާގެ ހަވާސާގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް