ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ބާއްވާ ކުއިޒްގައި ބައިވެރިވެގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ކުރި ޕޯސްޓެއްގައި ބުނީ މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހާއި ހަަމައަށް ކަމަށެވެ.
އެގޮތުން މި މުބާރާތުގައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ގައި ދެ ސުވާލެއް އެ އެ މިނިސްޓްރީގެ ރަސްމީ މީސް މީޑިއާ އެކައުންޓްގައި ޕޯސްޓް ކުރާނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
⚡ Ocean Challenge is ON!
Think you’ve got what it takes?
📅 10 Days | 20 Questions | 💬 Daily at 9 AM
Answer before midnight & stand a chance to WIN 🥇
Let’s honor the ocean with action & awareness 🌊#OceanDay2025 #MFORMVQuiz pic.twitter.com/jNB38eqD5t— Ministry of Fisheries and Ocean Resources (@MFORmv) June 7, 2025
އަދި ކޮންމެ ދުވަހަކު އެ ދުވަހެއްގެ މެންދަމު 12:00 ގެ ކުރިން ކޮމެންޓް ސެކްޝަންގައި އެ ދެ ސުވާލަށް ޖަވާބު ފޮނުވަންޖެހޭއިރު، މި މުބާރާތުގައި އެއްްވަނައަށްދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 1000 ރުފިޔާ ކަނޑައަޅާފައި ވާއިރު، ދެވަނައަށްދާ ފަރާތަކަށް ވަނީ 750 ރުފިޔާ ކަނޑައަޅާފައެވެ. އަދި ތިންވަނައަށްދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި ވަނީ 500 ރުފިޔާ ކަނޑައަޅާފައެވެ.
ބައިނަލްއަޤްވާމީ ކަނޑުތަކުގެ ދުވަސް ނުވަތަ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 8 ވަނަ ދުވަހެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް