މާލޭގެ މާލޭގެ އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް ޓޭބަލް ޓެނިސް ކުޅެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ފަށައިފިއެވެ.
މިކަން ހާމަކޮށް އެ މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލޭގެ އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް ޓޭބަލް ޓެނިސް ކުޅެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ޓޭބަލް ޓެނިސް ކުޅުމަށް ބޭނުންވާ ތަކެތި އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާކަމަށެވެ.
އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް ޓޭބަލް ޓެނިސް ކުޅެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ޓޭބަލް ޓެނިސް ކުޅުމަށް ބޭނުންވާ ތަކެތި މި ވުޒާރާއާއި ހަވާލުކޮށްފިއެވެ.
އިސްރަށްވެހިންގެ ނާދީގައި މި ކުޅިވަރު… pic.twitter.com/RdVTzFlPsY
— Ministry of Social and Family Development (@MSFDmv) June 4, 2025
އަދި އިސްރަށްވެހިންގެ ނާދީގައި މި ކުޅިވަރު ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޓޭބަލް ޓެނިސް އެކަޑެމީގެ އެހީތެރިކަމާއެކުގައިކަމަށާއި މި ޕްރޮގްރާމްގެ ސަބަބުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް އިސްރަށްވެހިންނަށް މަގުފަހިވުމުގެ އިތުރުން، ޖީލުތަކުގެ މެދުގައި އޮންނަ ހުސްކަން ކުޑަކުރުމަށް ފުރުޞަތު ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް